މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން އަހުލުވެރިކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބާއްވަމުން އަންނަ ތަމްރީނު ޕްރޮގްރާމްތަކުގެ ދަށުން މާލޭގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. 2025 އޮގަސްޓް 28 ވަނަ ދުވަހު މާލޭގައި ބޭއްވުނު މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ބައިވެރިވެފައިވަނީ އިންފޮމޭޝަން އޮފިސަރުންގެ މަސްއޫލިއްޔަތާއިި އަލަށް ހަވާލުވެފައިވާ މުވައްޒަފުންނެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު މުހިންމު ވަނީ ކީއްވެގެންކަމާއި، އިންފޮމޭޝަން އޮފިސަރެއްގެ ދައުރު އަދާކުރުމުގައި އެ ޙައްޤު ބޭނުންކުރާނެ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވުނެވެ. 1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ތަމްރީނު ޕްރޮގްރާމްގައި ޖުމުލަ 21 މުވައްޒަފުން ބައިވެރިވިއެވެ.