މަޢުލޫމާތު ހޯދައި ލިބިގަތުމައި ގުޅޭ އާންމު ސުވާލާއި ޖަވާބު

ޤާނޫނުގެ ދަށުން އިސްތިސްނާ ކުރެވިފައިވާ މަޢުލޫމާތު ފިޔަވައި ދެންހުރި ހުރިހާ މަޢުލޫމާތަކީ ލިބޭނެ މަޢުލޫމާތެވެ.
  1. އެ ހުށަހެޅުމަކީ މި ޤާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން ސާފުކޮށް ބަޔާންކުރުން.
  2. ހޯދުމަށް އެދެނީ ކޮން މަޢުލޫމާތެއްކަން ތަފުސީލުކޮށް ބަޔާންކުރުން.
  3. މި ޤާނޫނުގެ ދަށުން ދޭންޖެހޭ ނުވަތަ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވާނޭ އެޑްރެހެއް ކަނޑައަޅާފައި އޮތުން.
  4. އެ މަޢުލޫމާތެއް ބެލުމަށް ނުވަތަ ދޫކުރުމަށް އެ އިދާރާއަކުން ކަނޑައަޅާފައިވާ ފީއެއް ދެއްކުމަށް އެއްބަސްވާކަން ކަށަވަރުކޮށް ދިނުން.
  5. މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނޭ ނަންބަރެއް އެނގެން އޮތުން.
21 ދުވަހުގެ އިތުރުން 14 ދުވަސް ނެގުމަށް ފަހު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ޖުމުލަ 35 ދުވަހުގެ ތެރޭގައި.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދޭނެ ލުއިފަސޭހަގޮތްވެސް ކަނޑައަޅާފައިވޭ. އެއީ ބޭނުންވާ މަޢުލޫމާތެއް އެއިދާރާއެއްގެ އިންފޮމޭޝަން އޮފިސަރަށް އަނގަބަހުން ހުށަހެޅުމުން އިންފޮމޭޝަން އޮފިސަރު ހެކިވެރިއެއްގެ ހާޒިރުގައި އެފޯމު ފުރުމަށް ފަހު މަޢުލޫމާތަށް އެދޭފަރާތުގެ އިނގިލީގެ ނިޝާން ނެގުމަށް ފަހު ހެކިވެރިޔާއާއި އިންފޮމޭޝަން އޮފިސަރު އެލިޔުމުގައި ސޮއިކޮށް އެލިޔުމުގެ ކޮޕީއެއް އެމީހަކަށް ދޫކުރުމުން އެފަދަ މީހަކު މަޢުލޫމާތަށް އެދި ހުށަހެޅުނީކަމަށް ބެލެވޭނެ.
މިޤާނޫނުގެ ދަށުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަން ޖެހޭ.
  • މިޤާނޫނުގެ ދަށުން މަޢުލޫމާތު ދޫކުރުމުގެ އިސް ޒިންމާ އުފުލުން
  • މަޢުލޫމާތު ހޯދުމަށް އެދޭފަރާތަށް އެހީތެރިވުން
  • މިޤާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުން، ހުށަހެޅުމަށް އިޖާބަ ދިނުން، ހޯދުމަށް އެދޭމަޢުލޫމާތު ދިނުމަށް އިންކާރުކުރުން މަޢުލޫމާތު ފަސްކުރުން އަދި މަޢުލޫމާތު ދެވިދާނެ ގޮތް ކަނޑައަޅައި މިފަދަ ނިންމުންތައް ނިންމުން ހިމެނެ.
  • އެހުށަހެޅުމަށް އަންނަނިވި ގޮތުގެ މަތީން ލިޔުމަކުން ޖަވާބު ދޭންވާނެ.
  • އެހުށަހެޅުމަކީ ޤަބޫލުކުރެވޭ ހުށަހެޅުމަކަށްވާނަމަ އެކަން އަންގައި އަދި އެމަޢުލޫމާތެއް ދޫކުރުމަށްޓަކައި ދައްކަންޖެހޭ ފީގެ ފައިސާގެ ޖުމްލަ އެންގުން.
  • އެހުށަހެޅުން ޤަބޫލުކުރެވެން ނެތްނަމަ ޤަބޫލުކުރެވެން ނެތްކަމާއި ޤަބޫލުކުރެވެން ނެތް ސަބަބު.
  • އެހުށަހެޅުމުގައިވާ އެމަޢުލޫމާތު ދައުލަތުގެ އެއިދާރާއަކުން ލިބެހުރިކަން ނުވަތަ ނެތްކަން.
  • އެހުށަހެޅުމުގައިވާ އެމަޢުލޫމާތު ދައުލަތުގެ އެއިދާރާއެއްގައިލިބެހުރިނަމަވެސް މަޢުލޫމާތު ދޫކުރެވެން ނެތް ސަބަބު.
  • އެހުށަހެޅުމުގައިވާ އެމަޢުލޫމާތު 21 (އެކާވީސް) ދުވަހުގެ ތެރޭގައި ދޫކުރެވެން ނެތްކަމަށް ވާނަމަ އެކަންކުރެވެން ނެތް ސަބަބު.
  • މިޤާނޫނުގައިވާ ގޮތުގެ މަތީން މުރާޖަޢާ ކުރުމުގް ޙައްޤު ހުށަހެޅުން ހުށަހެޅިފަރާތަށް ލިބިގެންވާކަން އެންގުން.
މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން އެހުށަހެޅުމަށް އަނގަބަހުން ޖަވާބު ނުދެވޭނެއެވެ. ސަބަބަކީ މިޤާނޫނުގެ ދަށުން ކޮންމެ ހުށަހެޅުމަކަށް ޖަވާބު ދޭންޖެހޭނީ ލިޔެކިޔުމުންކަމުގައިވާތީއެވެ. އެއީ މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުގައި އެއްމަރުޙަލާއެއް ނިމި އަނެއް މަރުޙަލާއަކަށް ދާއިރު ލިޔެކިޔުމުން މައްސަލަ ފެންނާންހުރުމުން ސަރުކާރުގެ އެކަމަކާ ގުޅޭ އިދާރާއަށާއި މަޢުލޫމާތައް އެދޭ ފަރާތަށް ފަސޭހަވެގެންދާނޭ ކަމަކަށް ވާތީއާއި ލިޔެކިޔުމުން މަޢުލޫމާތަށް އެދުމާއި ލިޔެކިޔުމުން ސަރުކާރުގެ އިދާރާތަކުން ޖަވާބުދާރީ ވުމަށް މިޤާނޫނު ލާޒިމު ކުރާތީ.
ހޯދުމަށް މީހަކު އެދޭ މައުލޫމާތެއް އަންނަނިވި ހާލަތްތަކުގައި އެ މައުލޫމާތަށް އެދުނު ވަގުތު ދެވެން ނެތް ކަމުގައިވާނަމަ، އެ މައުލޫމާތު ދޫކުރެވިދާނެ ވަގުތު ކަނޑައަޅައި، އެ ވަގުތަކާ ހަމައަށް އެ މައުލޫމާތު ދިނުން ފަސްކުރެވިދާނެއެވެ.
  1. މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އާންމުކޮށް ޝާއިއުކުރަންޖެހޭ މައުލޫމާތަކަށްވެފައި، އެކަން ކުރަންޖެހޭ ވަގުތު އަދި އައިސްފައި ނުވުން.
  2. އެއީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށްވެފައި، އެ މައުލޫމާތު ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.
  3. އެއީ ގާނޫނެއްގެ ދަށުން ނުވަތަ ހިނގަމުންދާ ކަމަކާ ގުޅޭގޮތުން ނުވަތަ ކުރިއަށް ރާވާފައިވާ ކަމަކާ ގުޅޭގޮތުން ވަކި ފަރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތަކަށްވެފައި، އެފަރާތަކަށް އެ މައުލޫމާތެއް ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.
  • އެއީ މި ގާނޫނުގެ ދަށުން އިސްތިސްނާ ކުރެވިގެންވާ މައުލޫމާތަކަށްވުމާއެކު، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރެވިގެންވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް އެ މައުލޫމާތު ނުފެތުން؛ ނުވަތަ
  • ދައުލަތުގެ އެ އިދާރާގައި ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއެއްގައި އާންމު އުސޫލުން ފީއެއް ދައްކައިގެން ނުވަތަ ފީއެއް ނުދައްކާ ނަމަވެސް ބޭނުން ފަރާތަކުން ބެލެން ހުންނަ މައުލޫމާތަކަށް އެދިފައިވުން؛ ނުވަތަ
  • ދައުލަތުގެ އެ އިދާރާއެއްގެ ސިޔާސަތުތަކާއި އާދަކާދައާ އެއްގޮތަށް، އެއްވެސް ފީއެއް ނެގުމަކާ ނުލައި، އާންމު އުސޫލެއްގެ ގޮތުން މީހުންނަށް ފެންނާނެހެން ބަހައްޓާފައިވާ މައުލޫމާތަކަށްވުން؛ ނުވަތަ
  • އާންމު އުސޫލުން ގަންނަން ލިބޭގޮތަށް ހުރި މައުލޫމާތަކަށްވުން.
ޢާންމު އުޞޫލަކީ ތިންވަނަ ފަރާތެއްގެ މަޢުލޫމާތު ނުދޫކުރުމެވެ. އެހެން ނަމަވެސް ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ފެނިއްޖެނަމަ، އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި، އެކަމަކު، މި ގާނޫނުގެ ދަށުން ދައުލަތުގެ އެ އިދާރާއެއްގައި އެކުލަވާލާ މުރާޖައާ ކޮމިޓީގެ ހުއްދައާއެކު އެ މައުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެއެވެ.
  • މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުމެއް މަގްބޫލު އުޒުރެއްނެތި ބަލައި ނުގަތުން.
  • މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަގްބޫލު އުޒުރެއްނެތި، މައުލޫމާތު ފޯރުކޮށް ނުދިނުން.
  • މައުލޫމާތު ދިނުމަށް ނުރަނގަޅު ނިޔަތުގައި އިންކާރުކުރުން.
  • ފުރިހަމަ ނޫން މައުލޫމާތު ނުވަތަ ކަމުގެ ހަގީގަތް އޮޅޭގޮތަށް ނުވަތަ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން.
މިފަދަ ޙާލަތްތަކުގައި އިންފޮމޭޝަން އޮފިސަރު ޖޫރިމަނާކުރުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދެނީ -/5000 ރުފިޔާޔަށް ވުރެ ބޮޑުނޫން ޢަދަދަކުން.
މުރާޖަޢާ ކޮމިޓީ އެކުލަވައިލެވެނީ އެ ކޮމިޓީގައި އިންފޮމޭޝަން އޮފިސަރަށް ވުރެ މަޤާމުގެ ގޮތުން މަތީދަރަޖައިގައި ހިމެނޭ ބަޔަކު ތިބޭ ފަދަ ގޮތަކަށެވެ. އަދި މުރާޖާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ޢާންމު އުސޫލުން ނިންމަންޖެހެނީ 30 (ތިރީސް) ދުވަހުގެ ތެރޭގައި.
މުރާޖަޢާ ކޮމިޓީގެ އުސޫލު އޮންނަގޮތަކީ އިންފޮމޭޝަން އޮފިސަރު ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން ނުވަތަ އެނިންމުމެއް ނިންމަން ޖެހޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އަލުން މުރާޖަޢާ ކޮށްދިނުންއެދި ހުށަހެޅުމުން އެމައްސަލައެއް މުރާޖަޢާ ކޮށް ދިނުމެވެ. މުރާޖަޢާއަށް ހުށަހަޅަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔަނަމަވެސް އެހުށަހަޅަން ޖެހޭ ޝަކުވާ ހުށަހަޅައިފައި ނުވަނީ މަޤުބޫލު އުޒުރެއް އޮވެގެން ކަމުގައި އެކޮމިޓީއަށް ޤަބޫލުކުރެވޭނަމަ އެހުށަހެޅުމެއް ޤަބޫލުކުރަންވާނެއެވެ. އަދި 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ ޙާއްސަ ހާލަތެއް ދިމާވުމުގެ ސަބަބުން އިތުރު 15 (ފަނަރަ) ދުވަހާއެކު މުރާޖަޢާކޮށް ނިންމުމަށްފަހު އެޝަކުވާ ބަލައި ނިންމިގޮތް އެޝަކުވާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ލިޔުމަކުން އަންގަންވާނެ.
މުރާޖަޢާ ކޮށް ނިންމި ތާރީޚުން ފެށިގެން 90(ނުވަދިހަ) ދުވަހުގެ ތެރޭގައި. ނުވަތަ އެނިންމުމެއް ނިންމަންގެހޭ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި.
އިންފޮމޭޝަން އޮފިސަރު އެ މަޢުލޫމާތެއް ދޫކުރަން ގަސްދުކުރާނަމަ އެހުށަހެޅުން ލިބުނު ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެމަޢުލޫމާތު ދޫކުރަން ގަސްދުކުރާކަން އެ ތިންވަނަ ފަރާތަށް އަންގަންވާނެ. އަދި އެމަޢުލޫމާތެއް ހާމަކުރުމާމެދު އިއުތިރާޒެއް އޮތްނަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އަނގަ ބަހުން ނުވަތަ ލިޔުމަކުން އިންފޮމޭޝަން އޮފިސަރަށް އަންގަން ވާނެ. އަދި މިއިޢުތިރާޒާއެކުވެސް އެމަޢުލޫމާތު ދޫކުރުމަށް އިންފޮމޭޝަން އޮފިސަރު ނިންމައިފި ނަމަ އެކަން އެގޮތަށް ކުރި ސަބަބު ލިޔުމުން އެ ތިންވަނަ ފަރާތަށް އަންގަންވާނެ. އަދި އެކަމާމެދު ހިތްހަމަ ނުޖެހޭނަމަ އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސް ކުރުމުގެ ފުރުޞަތު މިޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެފަރާތަށް ލިބިގެންވާ ކަމާއި އިލްތިމާސްކުރަންވީ ފަރާތާ ގުޅޭނެ ގޮތެއްވެސް އެލިޔުމުގައި އިންފޮމޭޝަން އޮފިސަރު ބަޔާން ކުރަންވާނެ.
ދައުލަތުގެ އިދާރާއަކަށް މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާއިރު އެހުށަހެޅުމުގައި ހިމަނަންޖެހޭކަމަށް މިޤާނޫނުން ލާޒިމުކުރާ ކަންކަން ހިމަނާފައި ނުވާނަމަ އެ ސަބަބަށްޓަކައި އެހުށަހެޅުން ދައުލަތުގެ އިދާރާއަކުން ޤަބޫލުނުކޮށް ދޫކޮށްލެވިދާނެ.
މިފަދަ މަޢުލޫމާތެއް ހޯދާނީ އެމަސައްކަތެއް ބަދަލުކުރެވުނު އިދާރާއަކުން. ނުވަތަ ހިންގަމުންއައި މަސައްކަތްތައް ދައުލަތުގެ ދެ އިދާރާއަކަށް ބަދަލު ކުރެވިފައިވާނަމަ ނުވަތަ އެއަށްވުރެ ގިނަ އިދާރާތަކަކަށް ބަދަލުކުރެވިފައިވާނަމަ ބޭނުންވާ މަޢުލޫމާތެއްހުރި އިދާރާއަކުން. ނުވަތަ މިފަދަ އިދާރާއެއްގެ މަސައްކަތް ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރެވިފައި ނުވާނަމަ އެވަގުތަކު އެމަސައްކަތެއް ބަލަހައްޓަމުންދާ ފަރާތަކުން
މިފަދަ ޙާލަތެއްގައި އެފަދަ ހުށަހެޅުމެއް ދައުލަތުގެ އެއިދާރާއަކަށް ލިބުނުތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައުލަތުގެ އެ ކަމާ ގުޅޭ އިދާރާއަކަށް ބަދަލު ކުރަންވާނެ. އަދި މިކަން އެހުށަހެޅުން ހުށަހެޅި ފަރާތަށް އެކަންކުރި ސަބަބާއި ބަދަލު ކުރީ ކޮން ތާރީޚެއް ގައިކަން ވެސް އަންގަންވާނެ.
އެދެވިދާނެ. އަދި އަންނަނިވި ޙާލަތްތަކުގައި އެ މަޢުލޫމާތެއް ރަނގަޅުކޮށް ދިނުމަށް އިންކާރު ވެސް ކުރެވިދާނެ.
  • އެ މައުލޫމާތަކީ ފުރިހަމަ، ރަނގަޅު އަދި އޭގެ އަސާސީ އެއްވެސް ކަމެއް އޮޅިގެން ނުދާނެ ގޮތަށް ހުރި މައުލޫމާތެއްކަން ދައުލަތުގެ އެ އިދާރާއަކަށް ކަށަވަރުވުން.
  • މައުލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ތެދު ނޫން ނުވަތަ އޮޅިގެން ހިނގައިދާ ފަދަ ކަމެއް ހިމެނިގެންވާކަމަށް ދައުލަތުގެ އެ އިދާރާއަކަށް ކަށަވަރުވުން.
  • ރަނގަޅުކޮށްދިނުމަށް އެދޭ މައުލޫމާތު ރަނގަޅުކޮށްދެވޭނީ، ވަކި ގާނޫނެއްގައިވާ ވަކި އުސޫލަކުން އަމަލުކުރުމުންކަމަށް ކަނޑައެޅިފައިވުމާއެކު، އެގޮތަށް އަމަލުކޮށްފައި ނުވުން.
އެސިޓީ އަކީ އެމީހަކާ ގުޅުން ހުރި ވާހަކަ އެއް ލިޔެވިފައިވާ ސިޓީއެއް ނަމަ އެސިޓީގައިވާ އެމީހާޔާ ގުޅުން ނެތް ބައި އުނިކުރުމަށްފަހު ދެވިދާނެ.
  • ޢާންމު މަޞްލަޙަތަށް އިސްކަންދިނުމަށް މި ޤާނޫނުގެ ދަށުން ވަރަށް ބޮޑަށް ބާރުއަޅައި. އަދި އަންނަނިވި ކަންކަމީ އާންމު މަސްލަހަތަށް އުނިކަން އަތުވެދާނެ ކަންކަން ކަމުގައެއް ނުބެލެވޭނެއެވެ.
  • ދައުލަތުގެ އިދާރާއަކުން ކަމެއް ކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެނަމަ، ޖަވާބުދާރީވާން، ދައުލަތުގެ އެ އިދާރާއަކަށް އުނދަގޫވެދާފަދަ މައުލޫމާތެއް ހިމެނިގެންވުން.
  • ދައުލަތުގެ އިދާރާއަކާ މެދު އިތުބާރުކުޑަވާ ފަދަ މައުލޫމާތެއް ހިމެނިގެންވުން.
  • އޭގައި ހިމެނިގެންވާ މައުލޫމާތުން ބައެއް އުނިވެފައި އޮތުމުގެ ސަބަބުން އޭގެ މާނަ ރަނގަޅު ނޫން ގޮތެއްގައި ދޭހަވެދާނެކަމަށް ފެނުން.
  • އިންފޮމޭޝަން ކޮމިޝަނަރަށް ސީދާ ޝަކުވާއެއް ހުށަހެޅިދާނެއެވެ. އެ ޙާލަތް ތަކަކީ:
  • ދައުލަތުގެ ވަކިއިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ކަނޑައަޅާފައި ނެތުމުގެ ސަބަބުން ދައުލަތުގެ އެ އިދާރާއިން ހޯދުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންނުވުން.
  • މަޢުލޫމާތު ހޯދުމަށް ދައުލަތުގެ އިދާރާއަކަށް ހިށަހަޅާ ހުށަހެޅުން ދައުލަތުގެ އެއިދާރާއަކުން މަޤުބޫލު އުޒުރެއްނެތި ބަލައިނުގަތުން.
  • މަޢުލޫމާތައް އެދި ހުށަހަޅާ ހުށަހެޅުމެއް ލިބިއްޖެކަމުގެ ރަސީދު ދިނުމަށް އިންފޮމޭޝަން އޮފިސަރު އިންކާރު ކުރުން ނުވަތަ އިހުމާލުވުން.
  • މިޤާނޫނުގައި ބަތާންވެގެންވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އިންފޮމޭޝަން އޮފިސަރު ޖަވާބުދީފައި ނުވުން.
  • އިންފޮމޭޝަން ކޮމިޝަނަރު އަންގާ އެންގުމަކަށް އިންފޮމޭޝަން އޮފިސަރު ނުވަތަ އެ އިންފޮމޭޝަން އޮފިސަރަކު ނިސްބަތްވާ އިދާރާ ތަބާވެފައި ނެތުން.
  • މިޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމާ ގުޅޭގޮތުން ބަޔާންވެގެންވާ އެހެންވެސް އުސޫލަކާ އިންފޮމޭޝަން އޮފިސަރު ނުވަތަ އެ އިންފޮމޭޝަން އޮފިސަރަކު ނިސްބަތްވާ އިދާރާއަކުން ޚިލާފުވެފައިވުން.
  • ކަމާ ގުޅޭ ފަރާތްތައް ހާޒިރުކުރުން.
  • ކަމާ ގުޅޭ ގޮތުން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން.
  • ކަމާ ގުޅޭ ގޮތުން ހެކިބަސްދޭން އެއްބަސްވާ މީހުންގެ ހެކިބަސް ނެގުން.
  • މަޢުލޫމާތަށް އެދުން.
  • ލިޔެކިޔުމަށް އެދުން.
  • ލިޔެކިޔުން ހުށަހެޅުމަށް އެންގުން.
  • މަޢުލޫމާތު ހުށަހެޅުމަށް އެންގުން.
  • ވަކި ލިޔުމެއް ނުވަތަ ވަކި މަޢުލޫމާތެއް އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުވުމަށް އެންގުން.
  • ވަކި މަޢުލޫމާތެއް ބަލާ މުތާލިޢާ ކުރުން.
  • ހެކި ބަލައިގަތުން.
  • ލިޔުމުން ހެކި ބަލައިގަތުން.
  • ލިޔުމުން ބަޔާން ބަލައި ގަތުން.
  • ދައުލަތުގެ ވަކި އިދާރާއެއްގައި ހުރި މަޢުލޫމާތެއް ފޮނުވުމަށް އެންގުން.
  • ވަކިމީހަކު ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައިވާނަމަ އޭނާ ހާޒިރު ވުމަށް އެންގުން.
  • ވަކި ލިޔުމެއް ފާހަގަކޮށް އެލިޔުމެއް ހުށަހަޅަން އެންގުން.
  • ދައުލަތުގެ އިދާރާއަކަށް ވަނުން.
  • ކަމާގުޅޭ މަޢުލޫމާތެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާއެއް ބަލައި ފާސްކުރުމާއި އެމަޢުލޫމާތެއް ފެނިއްޖެކަމަށް ވާނަމަ އެމަޢުލޫމާތެއް އޮތް ލިޔުމެއް ނުވަތަ ވަސީލަތެއް ހިފެހެއްޓުން.
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ދޭ އެހެންވެސް ބާރުތައް ތަންފީޒުކުރުން.
  • އެމައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާއަކަށް ނުވުން.
  • ބަލަންޖެހޭ ވަރަށް ވުރެ ކުޑަ މައްސަލައެއް ހިމެނޭ ޝަކުވާ އަކަށް ވުން.
  • އެޝަކުވާއަށް ޙައްލެއް ހޯދުމަށްޓަކައި މިޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކުގައި ވާފަދައިން އިންފޮމޭޝަން އޮފިސަރަށް މައްސަލަ ހުށަހެޅުމާއި އެފަރާތުން ދިން ޖަވާބާ ދޭތެރޭ ހިތްހަމަ ނުޖެހޭނަމަ މުރާޖަޢާ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފައި ނުވުން. މިހާލަތްތަކުގައި.
  • މަޢުލޫމާތު ނުދިނުމަށް އެދި ހުށަހެޅި މިންވަރާ އިޖާބަ ދެވުނު ހުށަހެޅުމުގެ މިންވަރާއި މަޢުލޫމާތު ދެވުނު ހުށަހެޅުމުގެ ޢަދަދާއި މަޢުލޫމާތު ދޭން އިންކާރު ކުރި ހުށަހެޅުމުގެ ޢަދަދު.
  • މަޢުލޫމާތެއް ދިނުމަށް އިންކާރުކުރުމުން އިސްތިއުނާފަށް ހުށަހެޅުނު މިންވަރު.
  • ފީނެގުނު ޢަދަދާއި އެގޮތުން ނެގިފީގެ ޖުމުލަ.
  • މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާ ކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމާއެކު ހިންގި ހަރަކާތްތަކާއި ކުރި ކަންތައްތައް.
  • މަޢުލޫމާތު ބެލެހެއްޓުމާއި ގުޅޭގޮތުން ހިންގި ހަރަކާތްތަކާއި ކުރި ކަންކަން.
  • މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ހިންގި ހަރަކާތްތަކާއި ކުރި ކަންކަން ހިމެނޭނޭހެން ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ރިޕޯޓެއް.