ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެންގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި ގުޅޭ ސެޝަންއެއް ނަގައިދީފިއެވެ. ޕްރެކްޓިސް ޕާލަމަންޓަކީ އަންހެނުންނާއި ޒުވާނުންނަށް ޤައުމުގެ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ޔޫއެންޑީޕީ މޯލްޑިވްސް އަދި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ
މި ފަހަރުގެ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވައިލެވިގެން ޖުމުލަ 39 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. 18 ރަށަކުން، ކައުންސިލް މެންބަރުންނާއި، ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއިންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، އާންމު ފަރުދުން ހިމެނޭހެން މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް މަޢުލޫމާތުު ހޯދައި ލިބިގަތުމުގެ ޙައްޤު ބޭނުންކޮށްގެން މައުލޫމާތު ހޯދާނެ ގޮތްތަކާއި، މަޢުލޫމާތައް އެދުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި، ހޯދާ މައުލޫމާތުގެ ބޭނުން ހިފާނެ ގޮތްތަކާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވުނެވެ