ހއ. އަތޮޅުގެ މަދަނީ ޖަމިއްޔާތައް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހޭލުންތެރިކުރުމަށް ސެޝަނެއް ބާއްވައިފި

ޖުލައި 6, 2025

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ސޯޝަލް އޮޑިޓްކުރުމާ ގުޅޭ ގޮތުން ހއ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ކުރިއަށް ގެންދުވުނު ތަމްރީން ޕްރޮގްރާމްގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި ގުޅޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ސެޝަންއެއް ނަގައިދީފިއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ ސޯޝަލް އޮޑިޓަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ނުހަނު ބޭނުންތެރި ވަސީލަތެއް ކަމުން، ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ހޯދާނެ ގޮތްތަކާއި، ހޯދޭނެ މަޢުލޫމާތުތަކާއި، މަޢުލޫމާތައް އެދުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެވުނެވެ.

ހއ. ހޯރަފުށީގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ހއ. އަތޮޅުގެ 4 މަދަނީ ޖަމިއްޔާއެއް ހިމެނޭހެން، ޖުމުލަ 16 ފަރާތަކުން ބައިވެރިވެފައިވެއެވެ.