އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ތ. އަތޮޅު ކައުންސިލް ގުޅިގެން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ތ. އަތޮޅުގެ އިދާރާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް، ތ. ވޭމަންޑޫގައި ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ޕްރޮގްރާމް ބާއްވާފައިވަނީ 2025 ޖޫން 22 ވަނަ ދުވަހުއެވެ.
މި ތަމްރީން ޕްރޮގްރާމަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މުހިންމުކަން އަންގައިދިނުމާއި، މި ޙައްޤު ރަނގަޅަށް ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދެވުނު ތަމްރީން ޕްރޮގްރާމެކެވެ. މީގެ އިތުރުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތަކާއި، މި ޙައްޤުތައް ބޭނުންކުރާނެ ގޮތްތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ހާމަކަން އިތުރުކުރުމ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވުނެވެ.
މި ޕްރޮގްރާމްގައި ތ. އަތޮޅުގެ އެކި ރަށްތަކުން ޖުމުލަ 36 މުވައްޒަފުން ބައިވެރިވިއެވެ.