މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ގޮތުން ތަމްރީނުދޭނެ މުދައްރިބުން އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޭ 13, 2025

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ މަގުސަދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި ބައިނަލްއަގްވާމީ ޖަމިއްޔާއެއްކަމުގައިވާ ސެންޓަރ ފޯރ ލޯ އެންޑް ޑިމޮކްރަސީ (ސީ.އެލް.ޑީ.) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ.) އެއް ބާއްވައިފިއެވެ. ޖުމުލަ 32 މީހުންނާ އެކު ކުރިއަށްގެންދެވުނު މި ޓީއޯޓީގައި ބައިވެރިވެފައިވަނީ އެކިއެކި ތަމްރީންތައް ދިނުމަށް އުފައްދާފައިވާ އިންސްޓިޓިއުޓްތަކާއި އެކެޑަމީތަކުންގެ އިތުރުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅުން ހުރި އިދާރާތަކާއި ޖަމުއިއްޔާތަކުންނެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ މި ތަންތަނުން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ތެރޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ބެހޭ ތަމްރީންތައް ހިމެނުމާއި އެފަދަ ތަމްރީންތައް ދެވޭނެ މުދައްރިބުން އުފެއްދުމެވެ. 

2025 މޭ 5-7 އަށް ކުރިއަށްގެންދެވުނު މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ފޯރުކޮށްދެއްވާފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ބައިނަލްއަޤްވާމީ މާހިރެއް ކަމަށްވާ ސެންޓަރ ފޮރ ލޯ އެންޑް ޑިމޮކްރަސީގެ އެގްޒެކެޓިވް ޑިރެކްޓަރ ޓޯބީ މެންޑަލްއެވެ.