މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅޭ ތަމްރީން ޕްރޮގްރާމެއް އދ.މަހިބަދޫގައި ބާއްވައިފި

ނޮވެންބަރު 18, 2024

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖާ ކޮމެޓީގެ މެންބަރުން ހޭލުންތެރިކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން 2024 ނޮވެންބަރު 18ވަނަ ދުވަހު އދ.މަހިބަދޫގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ މަހިބަދޫ، ދަނގެތި، ހަންޏާމީދޫ، އޮމަދޫ އަދި ކުނބުރުދޫގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި، މުރާޖާ ކޮމެޓީގެ މެންބަރުންނާއި އަދި އިދާރާތަކުގެ އިސް މުވައްޒަފުން ހިމެނޭ ގޮތަށް 24 މީހުންނެވެ. މި ތަމްރީން ޕްރޮގްރާމްގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ އަސާސްތަކާއި، މަޢުލޫމާތު ހޯދުމަށް އިދާރާއަށް ހުށަހެޅުމުން އަމަލު ކުރާނެ ގޮތާއި، އިސްތިސްނާ ހާލަތްތަކުގެ އިތުރުން އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވުނެވެ.