ބައިނަލްއަގުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި، އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި އާއި، ޔޫއެސްއެއިޑް ގުޅިގެން 29 ސްޕްޓެންބަރު 2024 ވީ އާދީއްތަ ދުވަހު ވަނީ ފޯރަމެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި، ލޯކަލް ގަވަންމެންޓް ކައުންސިލުންނާއި، މީޑީއާ އަދި ޖަމިއްޔާ ޖަމާއަތްތަކުންނެވެ.
މިގޮތުން ކޮންމެ ގްރޫޕަކުން ވަނީ ޕެނަލް ޑިސްކަޝަނެއް ބާއްވައިފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެ ކަންތަކާއި މައުލޫމަތު ހޯދުމުގައި ދިމާވާ ދަތިތަކާ މެދު މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާ ކުރެވުނެވެ.