ޔޫ.އެން.ޑީ.ޕީ އާ ރައްޔިތުންގެ މަޖްލީހުގެ އިދާރާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެއް ކަމަށްވާ ޕްރެކްޓިސް ޕާލިމެންޓްގެ 2024 ވަނަ އަހަރުގެ ފުރަތަމަ ޕްރޮގްރާމްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤާ ގުޅޭގޮތުން ސެޝަނެއް ނަގައިދީފިއެވެ. މި ސެޝަންގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ އަސާސްތަކާއި، މައުލޫމާތައް އެދުމުން އިދާރާތަކުން އަމަލުކުރަންޖެހޭނެ ގޮތްތަކާއި އަދި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމުގެ މައްޗަށް އަލިއަޅުވާލެވުނެވެ. މިއީ އަންހެނުންނާއި ޒުވާނުންނަށް ގައުމުގެ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ބާރުވެރިކުރުވުމުގެ ގޮތުން ޔޫ.އެން.ޑީ.ޕީ އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕްރެކްޓިސް ޕާލިމަންޓްގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. މިއީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ނުވަތަ ޝައުގުވެރިވާ އަންހެނުންނާއި ޒުވާނުންގެ ގާބިލްކަން އިތުރުކޮށް ތަމްރީނު ދިނުމާއި، އިންތިހާބުކޮށްފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޢިލްމު ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިފަހަރުގެ ޕްރެކްޓިސް ޕާލިމަންޓްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 35 އަންހެނުން ބައިވެރިވިއެވެ.