ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރުމުގައި ހުރި ގޮންޖެހުންތަކާ އަދި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރަންސި މޯލްޑިވްސް ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރާ މިންވަރު ދެނެގަތުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ހިއްސާކުރުމަށާއި، އިދާރާތަކަށް މައުލޫމާތު އާންމުކުރުމުގައި ހުރި ގޮންޖެހުންތައްހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށް ހައްލުދެނެގަތުމުގެ ބޭނުމުގައި ބޭއްވުނު ބައްދަލުވުމެކެވެ.