މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން ށ.އަތޮޅު ކައުންސިލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިކޮމްގެ ޓީމެއް 23 ޖަނަވަރީ 2024 ވަނަ ދުވަހު ށ.ފުނަދުއަށް ޒިޔާރަތްކޮށްފިއެވެ. މި ދަތުރަކީ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރް.އައި) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޮލެބޮރޭޓިވް ޑިވެލަޕްމަންޓް ޕްރޮގްރާމް (ސީ.ޑީ.ޕީ) ގެ ދަށުން ކުރި ދަތުރެކެވެ.
ދަތުރުގެ މައިގަނޑު މަގުސަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި، އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން ށ.އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ބަލައި އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.