މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ޖަނަވަރީ 22, 2024

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖާ ކޮމެޓީގެ މެންބަރުން އަހުލުވެރި ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިންތިޒާމްކޮށްގެން އެއް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް، 23 ޖަނަވަރީ 2024 ވަނަ ދުވަހު ކުރިއަށްގެންގޮސްފިއެވެ. މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވުނު ބައިތަކުގެ ތެރޭގައި އާރްޓީއައިގެ އަސާސްތަކާއި، މައުލޫމާތު ހޯދުމަށް އިދާރާއަކަށް ހުށަހެޅުމުން އަމަލުކުރާނެ ގޮތާއި، މައުލޫމާތު ފޯރުކޮށްނުދީ ހިފެހެއްޓިދާނެ ހާލަތްތަކާއި އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމުގައި ސަމާލުކަން ދޭން ޖެހޭނެ ކަންތައްތައް ހިމެނެއެވެ.

މަންހަޓަން ބިޒްނަސް ހޮޓެލްގެ މާލަމުގައި ކުރިއަށްގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި 11 އިދާރާއަކުން 20 މީހުން ބައިވެރިވިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރަމެވެ.