މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ތަމްރީން ޕްރޮގްރާމެއް އައްޑޫ ސިޓީގައި ބާއްވަވައިފި

ޖަނަވަރީ 11, 2024

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާ، މުރާޖާ ކޮމެޓީގެ މެންބަރުންނާއި އަދި ކައުންސިލްތަކުގެ އިސްވެރިން އަހުލުވެރިކުރުވުމަށް އައްޑޫ ސިޓީގައި 10 ޖެނުއަރީ 2024 ގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިދާރާތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރެވުނެވެ. އަދި ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ޙައްލު ހޯދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ދައުލަތުގެ އިދާރާތަކުން ޖުމުލަ 22 މުވައްޒަފުން ބައިވެރިވިއެވެ. މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކުރާ މި ދަތުރުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކޮށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ތަންފީޒުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.