އިންޓަނޭޝަނަލް ކޮންފަރެންސް އޮފް އިންފޮމޭޝަން ކޮމިޝަނަރސް (އައި.ސީ.އައި.ސީ)ގެ 14 ވަނަ ކޮންފަރަންސްގައި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ. އައި.ސީ.އައި.ސީގެ މަޤްޞަދުތަކުގެ ތެރޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ޕުރަމޯޓްކުރުމާއި، އިދާރާތަކުގެ ކެޕޭސިޓީ ބިލްޑްކުރުން ހިމެނެއެވެ.
މި އަހަރުގެ ކޮންފަރެންސް ބާއްވާފައިވަނީ ޖޫން 19 – 22 އަށް ފިލިޕީންސްގެ މެނީލާގައެވެ. މި ކޮންފަރެންސްގެ ސަބަބުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ޕްރޮމޯޓްކުރުމަށާއި، އިންފޮމޭޝަން ކޮމިޝނަރުގެ އޮފީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެހެނިހެން ޤައުމުތަކުގެ އިންފޮމޭޝަން ކޮމިޝަންތަކުގެ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދިޔައެވެ.