އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ބ. އަތޮޅުގެ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮޮށްގެން މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ 31 މޭ 2023 ވީ ބުދަ ދުވަހު ބ. އޭދަފުށީގައެވެ.
1 ދުވަހުގެ މި ސެޝަނުގައި މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަކީ ކޮބައި ކަމާއި، މި ޤާނޫނު ފެށިގެންއައި ގޮތާއި، އޭގެ އަސާސްތަކުގެ އިތުރުން މި ޤާނޫނުގެ ބޭނުން ހިފާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މި ސެޝަންގައި 42 ފަރާތުން ބައިވެރިވެފައިވެއެވެ. މި ސެޝަން ހުށަހަޅާދެއްވާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.