މަހޯލި ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަން - ސަރުކާރުގެ އިދާރާތަކަށް

މާރިޗު 14, 2023

ސަރުކާރުގެ އިސް އޮފިޝަލުންނަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހޭލުންތެރިކުރުމާ ބެހޭ ސެޝަނެއް ބްރިޓިޝް ހައި ކޮމިޝަންއާ ގުޅިގެން ބޭރުގެ ރައިޓް ޓު އިންފޮމޭޝަންގެ ސްޕެޝަލިސްޓެއް ކަމަށްވާ މރ. ޖޯން ބަރަޓާގެ ޓްރެއިނިންގ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ. މި ސެޝަންގެ ބޭނުމަކީ އާރުޓީއައިގެ ގާނޫނުގެ ދަށުން އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ހިދުމަތް ފޯރުކޮށްދިނުމުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ޖަވާބުދާރީވުމުގެ ފައިދާތައް އަންގައިދިނުމެވެ. މި ޓްރެއިނިންގގައި ޖުމްލަ 15 ބައިވެރިން ވަނީ ބައިވެރިވެފައެވެ.