އަންހެނުންނަށް ޙާއްސަ ޕްރެކްޓިސް ޕަރލިމެންޓް ސީރީސް (ބެޗް 1)

ފެބުރުވަރީ 15, 2023

ޔޫއެންޑީޕީ މޯލްޑިވްސްއިން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރެކްޓިސް ޕަރލިމެންޓް ސީރީސްގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤާ ގުޅޭ ސެޝަނެއް ނަގާއިދެވިފައިވެއެވެ. އެ ސެޝަންގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ގޮތުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ އަސާސްތަކާއި، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގެ މައްޗަށާއި، މަޢުލޫމާތަށް އެދުމުން ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވައިލެވުނެވެ. އަދި މަހޯލި ޕޯޓަލްއާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ.