އޭޝިއަން އެކްސެސް ޓު އިންފޮމޭޝަން އެލަޔަންސް

ސެޕްޓެންބަރު 28, 2022

އަލަށް އުފެއްދި އޭޝިއަން އެކްސެސް ޓު އިންފޮމޭޝަން އެލަޔަންސް (އޭ.އޭ.އައި.އޭ) ގެ އިފްތިތާހީ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ބައިވެރިވެއްޖެއެވެ.

އޭ.އޭ.އައި.އޭ އަކީ އޭޝިއާ ބައްރުގައި މަޢުލޫމާތު ލިބިގަތުމުގެ ޙައްޤު ކުރިއަރުވުމުމަށް މަސައްކަތް ކުރުމުގެ ބޭނުމުގައި އޭޝިއާ ގައުމުތަކުގެ މުއައްސަސާތައް ގުޅިގެން އުފައްދާ މަލްޓިލޭޓަރަލް ޕާޓްނަރޝިޕެކެވެ.

މި އެލަޔަންސް އުފެއްދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދިޔައީ ކުރަމުންނެވެ. މި ގޮތުން އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤަށް މަސައްކަތް ކުރައްވާ ފްރީޑޮމް އޮފް އިންފޮމޭޝަން ފިލި ޕިންސް އިންނެވެ.

މަޢުލޫމާތު ހޯގައި ލިބިގަތުމުގެ ޙައްޤުގެ ދުވަސް ކަމަށްވާ 28 ސެޕްޓެންބަރު 2022 ވީ ބުދަ ދުވަހު އޭ.އޭ.އައި.އޭ ރަސްމީކޮށް ޤާއިމްކުރުމުގެ ރަސްމިއްޔާތުގައި ޖޮއިންޓް ޑިކްލެރޭޝަން އޮފް ކޯޕަރޭޝަންގައި 6 ޤައުމަކުން ސޮއިކުރައްވާފައިވެއެވެ. އެއީ ފިލިޕިންސް، ކެމްބޯޑިއާ، އިސްރާއީލް، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.