އައިކޮމް އިން ޓީވީ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި

ސެޕްޓެންބަރު 28, 2022

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ދުވަހާ ގުޅިގެން އިންފޮމޭޝަން ކޮމަޝަނަރުގެ އޮފީހުން ޓެލެވިޜަން މޯލްޑިވްސްގައި، ޓީވީ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދެވުނެވެ.

މި ޕްރޮގްރާމްގެ ޕެނަލިސްޓުން ގޮތުގައި ބައިވެރިވީ އާސަންދަ ކޮމްޕެނީގެ އިންފޮމޭޝަން އޮފިސަރ އާޝިޔާ ޞާލިޙާއި، ދައުރު ނޫހުގެ އެޑިޓަރ ނާއިފް އަޙުމަދު އަދި އެން.ސީ.އައި.ޓީގެ ސޮފްޓްވެއަރ އިންޖިނިއަރ ހާނީ ނަސީރެވެ. މި ޕެނަލް ޑިސްކަޝަންގެ މޮޑަރޭޓަރެއްގެ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާޢީލް ބައިވެރިވިއެވެ. މިޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގައި އީ-ގަވަނެންސްގެ ދައުރެވެ.

ޕޮރޮގްރާމްގައި ވާހަކަދެކެވުނު ކަންތައްތަކުގެ ތެރޭގައި، މަޢުލޫމާތު ފޯރުކޮށްދިނުމުގައި އީ-ގަވަނެންސްގެ މިހާރުގެ ހާލަތާއި، އީ-ގަވަނެންސްއާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި ގުޅުންހުރި މިންވަރުގެ މައްޗަށާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގައި އީ-ގަވަނެންސް މިހާރަށްވުރެ ބޮޑަށް ބޭނުންކުރެވިދާނެ ގޮތްތަކާއި، މިކަމުގައި ދިމާވާ ދަތިތަކާއި، އަދި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން ވާހަކަ ދެކެވުނެވެ.

މި ޑިސްކަޝަން ޓީވީ މެދުވެރިކޮށް ފޮނުވީ މަހޯލި ދުވަސްކަމަށްވާ ސެޕްޓެންބަރު މަހު 28 ވަނަ ދުވަހު ރޭގަނޑު 9 ން 10 އަށެވެ.