މަސައްކަތު ބައްދަލުވުން - ޖުޑީޝަލް ދާއިރާއަށް

އޮކްޓޯބަރު 8, 2023

ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖާ ކޮމެޓީގެ މެންބަރުންނަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހޭލުންތެރިކުވުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ ދަށުން ޖުޑީޝަލް ދާއިރާއަށް އަމާޒުކޮށްގެން 2023 ސެޕްޓެންބަރު 5 ވަނަ ދުވަހު ތަމްރީން ޕްރޮގްރާމެއް ވަނީ ބާއްވާފައެވެ. އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިދާރާތަކުން އަމަލު ކުރަންޖެހޭ ގޮތްތަކާބެހޭ ގޮތުން ހޭލުންތެރިކުރެވުނެވެ. މި ބައްދަލުވުމުގައި 8 އިދާރާއަކުން 19 މީހުން ބައިވެރިވެފައިވެއެވެ.