މަސައްކަތު ބައްދަލުވުން

އޮގަސްޓު 3, 2023

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖާ ކޮމެޓީގެ މެންބަރުން އަހުލުވެރި ކުރުވުމަށް 2023 އޮގަސްޓް 3 ވަނަ ދުވަހު މާލޭގެ އިދާރާތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ އަސާސްތަކަށާއި، އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކާ، އިންފޮމޭޝަން އޮފިސަރާއި މުރާޖާ ކޮމެޓީގެ ދައުރުގެ އިތުރުން ޤާނޫނުގައި ހިމެނޭ އިސްތިސްނާ ޙާލަތްތަކަށް އަލިއަޅުވައިލެވުނެވެ. ޖުމުލަ 10 އިދާރާއަކުން 21 މީހުން ބައިވެރިވެފައިވާ މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ އެހީތެރިކަމާއެކުގައެވެ.