ސަރުކާރުގެ މުއައްސަސާތަކުގެ އިންފޮމޭޝަން އޮފިސަރުންނަށާއި މުރާޖަޢާ ކޮމެޓީގެ މެންބަރުންނަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހޭލުންތެރިކުރުމާ ބެހޭ މަސައްކަތު ބައްދަލުވުމެއް ވަނީ 2023 އޮގަސްޓް 03 ވީ ބުރާސްފަތި ދުވަހު ހެނދުނު 09:00 ން 14:00 އަށް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގެ ބޭނުމަކީ އާރުޓީއައިގެ ގާނޫނުގެ ދަށުން އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ހިދުމަތް ފޯރުކޮށްދިނުމުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ޖަވާބުދާރީވުމުގެ ފައިދާތައް އަންގައިދިނުމެވެ. މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 21 ބައިވެރިން ވަނީ ބައިވެރިވެފައެވެ.