ޅ. ނައިފަރުގައި ބޭއްވުނު ހޭލުންތެރިކުރުމުގެ ސެޝަން

އޮގަސްޓު 17, 2022

އިންފޮމޭޝަން ކޮމިޝަނރުގެ އޮފީހުގެ ފަރާތުން އިކޯ ޔޫތް އާއި ގުޅިގެން މަދަރުސަތުލް އިފްތިތާހުގެ ދަރިވަރުންނަށާއި ޅ.ނައިފަރުގެ ރައްޔިތުންނަށް މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ 2022 އޮގުސްޓް 17 ވީ ބުދަ ދުވަހު މަދަރުސަތުލް އިފްތިތާހުގައެވެ.

1 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަކީ ކޮބައި ކަމާއި، މި ޤާނޫނު ފެށިގެންއައި ގޮތާއި، އޭގެ އަސާސްތަކުގެ އިތުރުން މި ޤާނޫނުގެ ބޭނުން ހިފާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މި ސެޝަންގައި 51 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަން ހުށަހަޅާދެއްވާފައިވަނީ އިންފޮމޭޝަން ކޮިޝަނަރުގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.