ޅ. އަތޮޅުގައި ބޭއްވުނު މަހޯލި ވޯކްޝޮޕް

އޮގަސްޓު 17, 2022

މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި ކުރުުމުގެ ގޮތުން ޅ.އަތޮޅުގެ ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖަޢާ ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް 2022 އޮގުސްޓް 17 ވީ ބުދަ ދުވަހު ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އަމިއްލަ އިސްނެގުމާއެކު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އާއި މި ޤާނޫނުގައިވާ އިސްތިސްނާ ޙާލަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެވުނެވެ. އެއަށްފަހު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަހޯލި ޕޯޓަލްގެ ބޭނުން ހިފުމަށް ހިތްވަރުދީ އެެ ޕޯޓަލް އަށް އަހުލުވެރި ކުރުން ވެސް ކުރިއަށް ގެންދެވުނެވެ.

މި ބައްދަލުވުމުގައި 12 އިންފޮމޭޝަން އޮފިސަރުންނާ އެކު ޖުމްލަކޮށް ދައުލަތުގެ އިދާރާތަކުން 46 މުވައްޒަފުން ބައިވެރިވިވެފައިވެއެވެ. މި ބައްދަލުވުން ހުށަހަޅާދެއްވާފައިވަނީ އިންފޮމޭޝަން ކޮިޝަނަރުގެ ކަމާބެހޭ މުވައްޒަފުންނެވެ.