ނޫސްވެރިންނާއި އެކު "ވަށް މޭޒު ސައްލާ" އެއް ބާއްވައިފި

އޮގަސްޓު 31, 2022

އިންފޮމޭޝަން ކޮމިޝަނރުގެ އޮފީހާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ނޫސްވެރިންނާއި އެކު "ވަށް މޭޒު ސައްލާ" އެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ގައި މައުލޫމާތު ހޯދައި ލިބިގަތުމުގު ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތަކާއި އެކަންތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވުނެވެ.