2021 ވަނަ އަހަރު ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް އެދި 2624 ހުށަހެޅުން ހުށަހެޅުނު

މާރިޗު 6, 2022

ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، އެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންގެ އިސްނެގުމުގެ މަތިން ފޮނުވާފައިވާ 550 އިދާރާއެއްގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ނިމިދިޔަ 2021 ވަނަ އަހަރު ދައުލަތުގެ އިދާރާތަކަށް މަޢުލޫމާތު ހޯދުމަށް އެދި 2624 ހުށަހެޅުން ހުށަހަޅާފައިވެއެވެ. އަދި މީގެ ތެރެއިން 2473 ހުށަހެޅުމަކަށް އިދާރާތަކުން މައުލޫމާތު ފޯރޮކޮށްދީފައިވެއެވެ. އަދި މައުލޫމާތު އެދި ހުށަހެޅި 60 ހުށަހެޅުމަކަށް މައުލޫތު ދިނުމަށް އިންކާރުކޮށްފައިވާ އިރު، 70 ހުށަހެޅުމެއް ދައުލަތުގެ އެހެން އިދާރާތަކަށް ބަދަލުކޮށްފައި ވެއެވެ. ދައުލަތުގެ އިދާރާތަކަށް މައުލޫމާތަށް އެދި ހުށަހެޅިހުށަހެޅުން 2020 ވަނަ އަހަރާ އަލާބަލާއިރު މިވަނީ 25 އިންސައްތަ އިތުރުވެފައެވެ.

ދައުލަތުގެ އިދާރާތަކުން 2021 ވަނަ އަހަރު އެންމެ ގިނަ އަދަދަކަށް މައުލޫމާތަށް އެދިފައިވާ 05 އިދާރާތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ އެންމެ ގިނަ އަދަދަކަށް މައުލޫމާތައް އެދި ހުށަހާޅާފައިވާ އިދާރާއެވެ. އެގޮތުން 639 ހުށަހެޅުން މި އިދާރާއަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެޓަރނީ ޖެނެރަލްގެ އޮފީހަށް 247 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ 178 ހުށަހެޅުން ހުށަހަޅާފައެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް 150 ހުށަހެޅުމާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް 104 ހުށަހެޅުން ހުށަހަޅާފައިވެއެވެ.