އިންފޮމޭޝަން އޮފިސަރުންނަށާއި މުރާޖަޢާ ކޮމިޓީގެ މެންބަރުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ނޮވެންބަރު 24, 2021

ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖަޢާ ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު:1/2014 (މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައި ހުރި މައިގަނޑު ބައިތައް އެކުލެވޭ ގޮތަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ދިނުން އޮތެވެ. އެގޮތުން، އަމިއްލަ އިސްނެގުމާއެކު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އާއި މި ޤާނޫނުގައިވާ އިސްތިސްނާ ޙާލަތްތަކާ ގުޅޭގޮތުން ޕްރެސެންޓޭޝަން ދެވުނެވެ. އެއަށްފަހު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އައު ވެބްސައިޓުގައި ހިމަނާ ޕޯޓަލް އާ ގުޅޭ ގޮތުން ވެސް ޕްރެސެންޓޭޝަނެއް ދިނުން އޮތެވެ. މީގެ އިތުރުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެނގޭ މިންވަރާއި މި މަސައްކަތު ބައްދަލުވުމުން ބައިވެރިންނަށް މައުލޫމާތު ހާސިލުވި މިންވަރު ވަޒަންކުރެވުނެވެ. ހަމައެއާއެކު، ބައިވެރިން ކުރެއްވި އެކިއެކި ސުވާލުތަކަށް އައިކޮމްގެ ޓީމުން ޖަވާބު ދެއްވިއެވެ. ސޯލްޓެ ކެފޭގެ ކޮންފަރަންސް ހޯލުގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ދައުލަތުގެ އިދާރާތަކުން ޖުމްލަ 38 މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ ވަޑައިގަތީ އިންފޮމޭޝަން ކޮމިޝަނަރ، އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު އާއި ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އިދުރީސް އިސްމާޢީލް އާއި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ލީގަލް އަދި ޕްރޮގްރާމް ސެކްޝަނުގެ