މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ބާއްވާ ސިލްސިލާ ބައްދަލުވުން - އައިލޭންޑް އޭވިއޭޝަން ސަރވިސެސް
26
ފެބުރުވަރީ
2018
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމަށް، އައިލޭންޑް އޭވިއޭޝަން ސަރވިސެސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އެ އޮފީހުގެ ފަރާތުން 12 ބޭފުޅަކު ބައިވެރިވެ ވަޑައިގަތެވެ.
މި އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެޑައިގަތީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ޕްރޮގްރާމްސް އޮފިސަރ އަލްފާޟިލާ މަރްޔަމް ޝަރޫނާ އާދިލް. މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމެވެ.