ނ.އަތޮޅަށް ކުރި ދަތުރު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް މިލަދުންމަޑުލު ދެކުނުބުރީގައި ހުރި ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ އިންފޮމޭޝަން އޮފިސަރުން، އަހުލުވެރިކޮށް، އެބޭފުޅުންނަށް ޤާނޫނާއި ގަވާއިދާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނ.މަނަދޫ އަތޮޅުގެ ރަށްތަކުގެ (ހެނބަދޫ، ކެނދިކުޅުދޫ، މާޅެންދޫ، ކުޑަފަރީ، ލަންދޫ، މާފަރު، ޅޮހީ، މިލަދޫ، މަގޫދޫ، ހޮޅުދޫ، ފޮއްދޫ، ވެލިދޫ) ކޮންމެ ރަށަކުން އިންފޮމޭޝަން އޮފިސަރެއް ނ.މަނަދުއަށް ގެނެސްގެން 2016 ފެބުރުވަރީ 23 ން 25 އަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އަތޮޅުގެ އެކި އިދާރާތަކުން، 22 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މިދަތުރުގައި މިއޮފީހުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމާއި އެސިސްޓަންޓް ޕްރޮގްރާމް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ.