ފ.އަތޮޅަށް ކުރި ދަތުރު

09 ފެބުރުވަރީ 2016
07 އެޕްރީލް 2016

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ނިލަންދެއަތޮޅު އުތުރުބުރީގައި ހުރި ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ އިންފޮމޭޝަން އޮފިސަރުން، އަހުލުވެރިކޮށް، އެބޭފުޅުންނަށް ޤާނޫނާއި ގަވާއިދާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފ.ނިލަންދޫގެ އަތޮޅުގެ ރަށްތަކުގެ (މަގޫދޫ، ދަރަނބޫދޫ، ބިލެއްދޫ އަދި ފީއަލި) ކޮންމެ ރަށަކުން އިންފޮމޭޝަން އޮފިސަރެއް ފ.ނިލަންދުއަށް ގެނެސްގެން 2016 ފެބުރުވަރީ 08 ން 11 އަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އަތޮޅުގެ އެކި އިދާރާތަކުން، 21 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިދަތުރުގައި މިއޮފީހުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމާއި އެސިސްޓަންޓް ޕްރޮގްރާމް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ.

  • ފަށާ 09 ފެބުރުވަރީ 2016 00:00
  • ނިމޭ 09 ފެބުރުވަރީ 2016 00:00
  • ވަގުތު
  • ތަން ފ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައި
  • އޯޑިއަންސް ފ.އަތޮޅުގެ އިންފޮމޭޝަން އޮފިސަރުން