ރ.އުނގޫފާރަށް ކުރި ދަތުރު

27 ޖަނަވަރީ 2016
09 ފެބުރުވަރީ 2016

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް މާޅޮސްމަޑުލު އުތުރުބުރީގައި ހުރި ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ އިންފޮމޭޝަން އޮފިސަރުން، އަހުލުވެރިކޮށް، އެބޭފުޅުންނަށް ޤާނޫނާއި ގަވާއިދާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރ.އުނގޫފާރާއި އަތޮޅުގެ ރަށްތަކުގެ (އަލިފުށި، ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ހުޅުދުއްފާރު، ދުވާފަރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، އިނގުރައިދޫ، ފައިނު، މީދޫ އަދި ކިނޮޅަސް) ކޮންމެ ރަށަކުން އިންފޮމޭޝަން އޮފިސަރެއް ރ.އުނގޫފާރަށް ގެނެސްގެން 2016 ޖަނަވަރީ 26 ން 28 އަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އަތޮޅުގެ އެކި އިދާރާތަކުން، 29 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިދަތުރުގައި މިއޮފީހުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމާއި ޕްރޮގްރާމް އޮފިސަރ އަލްފާޟިލާ ސައުސަން ޝަހީމާއި އެސިސްޓަންޓް ޕްރޮގްރާމް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ.

 

  • ފަށާ 27 ޖަނަވަރީ 2016 00:00
  • ނިމޭ 27 ޖަނަވަރީ 2016 00:00
  • ވަގުތު
  • ތަން ރ.އުނގޫފާރު ސްކޫލުގެ އޭވީ ރޫމުގައި
  • އޯޑިއަންސް ރ.އަތޮޅުގެ އިންފޮމޭޝަން އޮފިސަރުން