
އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ އަހަރީ ރިޕޯޓު ފޮނުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ބަޔާންކުރާ "އަހަރީ ރިޕޯޓު" ދައުލަތުގެ އިދާރާތަކުން ތައްޔާރުކުރައްވައި ފޮނުއްވައި ދެއްވުމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދިވަޑައިގެންފިއެވެ.
މަހޯލި ޤާނޫނުގެ 42 ވަނަ މާއްދާގައި ލާޒިމްކުރާ މި ރިޕޯޓު ކޮންމެ އަހަރަކު ހުށަހެޅުމުގެ ޒިންމާއަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން ކުރައްވަންޖެހޭ ކަމެކެވެ.
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، އިންފޮމޭޝަން އޮފިސަރުންގެ އިސްނެންގެވުމުގެ މަތީން ދައުލަތުގެ އިދާރާތަކުން، އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުއްވަންޖެހޭ، 2020ވަނަ އަހަރުގެ ރިޕޯޓު ތައްޔާރުކުރައްވައި، 31 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވައި ދެއްވުމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ފޮނުއްވި އާންމު ސިޓީގައި އެދިވަޑައިގެންފައިވެއެވެ.