Information Commissioner's Office
  • ފުރަތަމަ ސަފުހާ
  • ތަޢާރުފު
  • އިރުޝާދު
  • ޚަބަރު
  • ބްލޮގް
  • ހަރަކާތްތައް
  • ތަމްރީނު
  • އިންފޮމޭޝަން އޮފިސަރުން
  • ހުށަހެޅޭ މައްސަލަ
  • މަހޯލި
  • ޑައުންލޯޑު
  • ސުވާލާއި ޖަވާބު
  • ގުޅުއްވަން
  • ފަހުގެ
  • ފޮޓޯޯ

މުއާމަލާތް ކުރުމާއި އިހުތިރާމު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

02 ޑިސެންބަރު 2020

މުއާމަލާތް ކުރުމާއި އިހުތިރާމު ކުރުމާ ގުޅޭގޮތުން އައިކޮމްގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އައިކޮމްގެ ހުދުހުދު މާލަމުގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމެވެ.

މި ބައްދަލުވުމުގައި މުއާމަލާތް ކުރުމާއި އިހްތިރާމުކުރުމުގެ އަދަބުތަކުގެ ތެރެއިން ވަޒީފާގެ މާހައުލާއި އާންމު ދިރިއުޅުމުގައި މީހުންނާ މުއާމަލާތްކުރުމުގައި ގެންގުޅޭނެ ރީތި އަދަބުތަކާއި، ވަޒީފާގެ މާހައުލުގައި އެހެން މުވައްޒަފުން ކަން ކުރާގޮތް ދެނެގަނެ އެކަން ކަމާމެދު އަބަދު ވެސް ފަހި ވިސްނުމެއް ގެންގުޅޭނެ ގޮތްތަކާއި، އޮފީހަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތެއް ހިތްހަމަ ނުޖެހިއްޖެ ނަމަ އެ މީހަކާ މެދު އަމަލުކުރަންވީ ގޮތްތަކާ ގުޅޭ ގޮތުން ވެސް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން މުއާމަލާތް ކުރުމުގެ ރީތި އަދަބުތަކާއި އެހެން މީހުންނަށް އިހުތިރާމު ކުރުމާ ގުޅޭ ގޮތުން ދުނިޔޭގެ މަޝްހޫރު ބައެއް ބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅުތައް ޝިޔާމް ހިއްސާކުރެއްވިއެވެ. އަދި އިހުތިރާމު ކުރުމުގައި އެންމެ އިސްކަން ދެވޭ ކަންތައް ކަމަށް މުވައްޒަފުން ގަބޫލުކުރާ ކަންތައް ނަންބަރު ޖަހައިގެން ދަރަޖުކުރުމުގެ ހަރަކާތެއް ވެސް މި ބައްދަލުވުމުގައި ކުރިއަށް ގެންދިޔައެވެ.

މައުލޫމަތު ދިނުމުގެ މިފަދަ ބައްދަލުވުންތަކަކީ އައިކޮމްގެ މުވައްޒަފުންގެ ވިސްނުން ތާޒާކޮށް، މަސައްކަތް ކުރިއެރުވުމުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ. މިއަދުގެ ބައްދަލުވުމުގައި އައިކޮމްގެ 12 މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

  • އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ އަހަރީ ރިޕޯޓު ފޮނުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި

    11 ޖަނަވަރީ 2021
  • މުއާމަލާތް ކުރުމާއި އިހުތިރާމު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

    02 ޑިސެންބަރު 2020
  • ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

    19 ނޮވެންބަރު 2020
  • 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ ގޮތުން ޕްރެސެންޓޭޝަނެއް ހުށަހަޅައިދީފި

    18 ނޮވެންބަރު 2020
  • މަހޯލި ހަރަކާތްތެރިން އުފެއްދުމުގެ މަސައްކަތު ބައްދަލުވުން ފެށިއްޖެ

    15 ނޮވެންބަރު 2020
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ބިއްލޫރިޖެހިގެ، މަޖީދީ މަގު، ގަލޮޅު، ޕޯސްޓަލް ކޯޑު: 20131
އީމެއިލް: info@icom.mv
ފޯނު ނަންބަރު: 3010990 (960+), ފެކްސް ނަންބަރު: 3010959 (960+)
Designed and Developed by CodeFish Pvt Ltd