
ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުންތައް ރައްކާކޮށް، ބަލަހައްޓާނެ ގޮތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި، ޤައުމީ ޢަރުޝީފްއާ މަޝްވަރާކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ ލިޔެކިޔުންތައް ރައްކާކޮށްފައި ހުރުމުގެ މުހިންމު ކަމާއި، ދައުލަތުގެ އިދާރާތަކުން މި މަސައްކަތް ކުރަމުންދާ ގޮތާއި، ދިމާވާ ދަތިތަކާއި، ހައްލުކުރުމަށް ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ.
މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޙުސައިން ފިޔާޒު މޫސާގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ޙަސަން ޝާކިރު މުހައްމަދު އާއި ޑިރެކްޓަރ، ލީގަލް އެފެއާޒް އަލްއުސްތާޛާ ފާތިމަތު ސައުސަންއާއި ލީގަލް އޮފިސަރ، އަލްއުސްތާޛާ ޢާއިޝަތު މަލްސާ އަޙްސަންއާއި ބިއުރޯ އޮފިސަރު އައިމިނަތު ރާޔާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓްސް ފޮރ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލް މުޙައްމަދު ޠާރިޤުގެ އިތުރުން ޤައުމީ އަރުޝީފްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އާމިރު އާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.