Information Commissioner's Office
  • ފުރަތަމަ ސަފުހާ
  • ތަޢާރުފު
  • އިރުޝާދު
  • ޚަބަރު
  • ބްލޮގް
  • ހަރަކާތްތައް
  • ތަމްރީނު
  • އިންފޮމޭޝަން އޮފިސަރުން
  • ހުށަހެޅޭ މައްސަލަ
  • މަހޯލި
  • ޑައުންލޯޑު
  • ސުވާލާއި ޖަވާބު
  • ގުޅުއްވަން
  • ފަހުގެ
  • ފޮޓޯޯ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރައާ ގުޅޭ ގޮތުން ނެރޭ ބަޔާން

19 މެއި 2020

ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫނެވެ. އަދި އެއީ މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މަޢުލޫމާތަކަށް ވީހިނދު، ސަރުކާރުގެ ސައްތައިންސައްތަ ޙިއްސާ އޮތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެކަން ތަޙްޤީޤުކުރެއްވުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމުކުރުމަށް މަސައްކަތްކުރެއްވުމަށް ގޮވާލަމެވެ.

ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، އެ ސަގާފަތަށް އަހުލުވެރިވުމަކީ ފަސާދަ މަދުވެ، ދައުލަތާއިމެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ. އަދި އިދާރާތަކުގެ ތަސައްވުރު ރަނގަޅުވެގެންދާނެ ކަމެކެވެ. މި މަގަށް ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުން މަސައްކަތް ގެންދިއުމަށް ހަނދުމަކޮށްދެމެވެ.

  • އައިކޮމްގެ މުވައްޒަފުންނަށް އެއް ދުވަހުގެ ހާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފި

    24 ފެބުރުވަރީ 2021
  • އައިކޮމްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް ބޭފުޅަކު އައްޔަނުކުރައްވައިފި

    14 ފެބުރުވަރީ 2021
  • އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ އަހަރީ ރިޕޯޓު ފޮނުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި

    11 ޖަނަވަރީ 2021
  • މުއާމަލާތް ކުރުމާއި އިހުތިރާމު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

    02 ޑިސެންބަރު 2020
  • ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

    19 ނޮވެންބަރު 2020
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ބިއްލޫރިޖެހިގެ، މަޖީދީ މަގު، ގަލޮޅު، ޕޯސްޓަލް ކޯޑު: 20131
އީމެއިލް: info@icom.mv
ފޯނު ނަންބަރު: 3010990 (960+), ފެކްސް ނަންބަރު: 3010959 (960+)
Designed and Developed by CodeFish Pvt Ltd