ކުރީގެ އިންފޮމޭޝަން ކޮމިޝަނަރުން

ޙުސައިން ފިޔާޒް މޫސާ، އަތަމާގެ / ތ.ވިލުފުށި

މުއްދަތު: 2019 އޮކްޓޫބަރު 31 އިން 2021 މާރިޗު 21 އަށް

 

އަލްފާޟިލް ޙުސައިން ފިޔާޒް މޫސާއަކީ، ދިވެހިރާއްޖޭގެ ދެވަނަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، 31 އޮކްޓޯބަރު 2019ގައި ރައީސުލްޖަމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ފިޔާޒު ވަނީ، ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން، "މިއަދު" ނޫހާއި "އާފަތިސް" ނޫހާއި "ހަވީރު" ނޫހުގައި މަސައްކަތް ކުރައްވާފައިއެވެ. ފިޔާޒު 2015 ވަނަ އަހަރުން ފެށިގެން "ރާއްޖެޓީވީ" ޚިދުމަތް ކުރައްވައި، "ރާއްޖެއެމްވީ"ގެ އެޑިޓަރުކަމާއި "ރާއްޖެޓީވީ"ގެ ސީއީއޯގެ މަގާމު ފުރުއްވާފައިވެއެވެ.

ފިޔާޒުގެ ކޮމިޝަނަރުކަމުގެ ދައުރުގައި ހުޅުވައިލައިގެން މައްސަލަތައް ބައްލަވަން ފެށްޓެވުމާއި މައުލޫމާތު ހޯދުމަށް އާންމުން ހޭލުންތެރި ކުރެއްވުމުގެ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ.

ފިޔާޒު، ކޮމިޝަނަރުކަމުގެ މަގާމުން އިސްތިއުފާދެއްވައި ވަކިވެވަޑައިގެންފައި ވަނީ، 21 މާރިޗު 2021 ގައެވެ.

 

 

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މާޒީ / ލ. މާވަށް

މުއްދަތު: 2014 ޖުލައި 22 އިން 2019 ޖުލައި 21 އަށް

އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، 22 ޖުލައި 2014 ގައި އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޢަބްދުލްޢަޒީޒު ވަނީ، ތައުލީމީ ދާއިރާއާއި އަތޮޅުތައް ހިންގުމުގެ ދާއިރާއާއި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ލޯގޯގެ އަސްލު ފަރުމާ ކުރެއްވުމާއި މަޢުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްޤުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދާއި ބައެއް އުސޫލުތައް ހެއްދެވުމުގައި އޭނާ ވަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.

ޢަބްދުލްޢަޒީޒުގެ ކޮމިޝަނަރުކަމުގެ 5 އަހަރުގެ ދައުރު ހަމަކުރައްވައި ވަކިވެވަޑައިގެންފައި ވަނީ، 21 ޖުލައި 2019 ގައެވެ.