
ސ. ހުޅުމީދޫގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
އަތޮޅުތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކުގެ ދިވެހި މުވައްޒަފުންނަށް ބާއްވަމުން ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން 26 ނޮވެމްބަރ 2018 ވީ ހޯމަ ދުވަހު ސ.ހުޅުމީދޫގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުންތަކުގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމް އާއި ޕްރޮގްރާމްސް އޮފިސަރ އަލްފާޟިލާ މަރްޔަމް ޝަރޫނާ ޢާދިލް އެވެ. މިބައްދަލުވުމުގައި މި ދެ ރަށުގެ ޖުމްލަ 12 އިދާރާއަކުން 19 މުވައްޒަފުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު: 2014/1 (މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައި ހުރި މައިގަނޑު ބައިތައް އެކުލެވޭ ގޮތަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ދިނުންއޮތެވެ. މިބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅާ ދެއްވާ މުވައްޒަފުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙުމަދު ޝިޔާމްއެވެ.
މިއީ އަތޮޅުތަކުގެ ތެރެއަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައްދަލުވުން ތަކުގެ ތެރެއިން މިއަހަރު ބޭއްވުނު މިފަދަ ތިންވަނަ ބައްދަލުވުމެވެ.