ސެންޓަރ ފޯރ ހަޔަރ ސެކަންޓްރީ އެޑިޔުކޭޝަންގެ މަތީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

13 މާރިޗު 2017
26 މާރިޗު 2017

       މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ސެންޓަރ ފޯރ ހަޔަރ ސެކަންޓްރީ އެޑިޔުކޭޝަނުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ . މި ބައްދަލުވުމުގައި 166 ދަރިވަރުން ބައިވެރިވިއެވެ.

    

        ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމާއި އ.ޕްރޮގްރާމް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ. މިބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވާ ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމެވެ.

  • ފަށާ 13 މާރިޗު 2017 10:00
  • ނިމޭ 13 މާރިޗު 2017 10:45
  • ވަގުތު 45 މިނެޓް
  • ތަން ސެންޓަރ ފޯރ ހަޔަރ ސެކަންޓްރީ އެޑިޔުކޭޝަން
  • އޯޑިއަންސް ސެންޓަރ ފޯރ ހަޔަރ ސެކަންޓްރީ އެޑިޔުކޭޝަންގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުން