އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

09 މާރިޗު 2017
26 މާރިޗު 2017

       މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް  9، 10، 11 އަދި 12 ގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ . މި ބައްދަލުވުމުގައި 350 ދަރިވަރުން ބައިވެރިވިއެވެ.

    

        ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމާއި އ.ޕްރޮގްރާމް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ. މިބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވާ ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމެވެ.

  • ފަށާ 09 މާރިޗު 2017 13:00
  • ނިމޭ 09 މާރިޗު 2017 13:30
  • ވަގުތު 30 މިނެޓް
  • ތަން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
  • އޯޑިއަންސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުން