
މުޙްޔިއްދީން ސްކޫލްގެ މަތީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
02
މާރިޗު
2017
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މުޙްޔިއްދީން ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ . މި ބައްދަލުވުމުގައި 112 ދަރިވަރުން ބައިވެރިވިއެވެ.
ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމާއި އ.ޕްރޮގްރާމް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ. މިބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވާ ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމެވެ.