މިނިސްޓްރީ އޮފް ޓޫރިޒަމުން މަޢުލޫމާތެއް ނުލިބިގެން ހުށަހެޅި މައްސަލަ:

CASE NO: 14/2020
15 މާރިޗު 2020

މައްސަލަ ލިބުނު ތާރީޚް : 24 ފެބުރުވަރީ 2020

 

މައްސަލަ ހުށަހެޅި ފަރާތް : އާންމުފަރުދެއް

މައްސަލަ

މިނިސްޓްރީ އޮފް ޓޫރިޒަމުން، ކުއްޔަށް ދީފައިވާ ބައެއް ރަށްތަކާއި ފަޅުތަކުގެ ލީސްހޯލްޑް އެގްރީމަންޓާއި ސަބްލީސް އެގްރީމަންޓްތަކުގެ ކޮޕީ ދޫކޮށްފައި ނުވާތީ، އެ މަޢުލޫމާތު ހޯދައި ދިނުން އެދި.

 

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 26 ފެބުރުވަރީ 2020

މައްސަލަ ބަލައި ނިންމިގޮތް

މައްސަލާގައި ކަންހިނގާފައިވާ ގޮތްތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ނަޒަރުކޮށް ބެލި ހިނދު، މައްސަލަ ހުށަހެޅުއްވި ފަރާތުން، މިނިސްޓްރީ އޮފް ޓްއަރިޒަމުން ހޯދަން ހުށަހަޅާފައިވާ މަޢުލޫމާތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 7 ވަނަ ބާބު (އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތައް) އަށް ފެތޭ މަޢުލޫމާތަކަށް ނުވާތީ، ހޯދުމަށް އެދި ހުށަހަޅާފައިވާ ލީސް އެގްރީމަންޓެއް ހެދިފައިވާނަމަ، އެ އެގްރީމަންޓްތަކަކީ ކޮބައިކަން މައްސަލަ ހުށަހެޅުއްވި ފަރާތައް ސާފުކޮށްދޭން ޖެހޭނެކަމަށް ނިންމުނެވެ.