މިނިސްޓްރީ އޮފް ޓޫރިޒަމުން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 24/2019
15 މާރިޗު 2020

މައްސަލަ ލިބުނު ތާރީޚް : 09 ޖުލައި 2019

 

މައްސަލަ ހުށަހެޅި ފަރާތް : ޔޫނިއަނަކުން

މައްސަލަ

އެއްވެސް އިރެއްގައި އެމް.އެމް.ޕީ.އާރ.ސީ އަށް އެއްވެސް ފަޅެއް ނުވަތަ ރަށެއް ކުއްޔަށް ދީފައިވޭތޯ އާއި އަދި އެފަދަތަނެއް ކުއްޔަށް ދީފައިވާނަމަ ލީސް އެގްރިމެންޓުގެ ކޮޕީ އަދި އެމް.އެމް.ޕީ.އާރ.ސީ އިން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ އެކުންފުނީގެ ފަރާތުން ދައުލަތުގެ އެއްވެސް ފަޅެއް އަދި ރަށެއް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީފައިވޭތޯއާއި ދީފައިވާނަމަ ލީސް އެގްރިމެންޓްގެ ކޮޕީ ހޯދަން އެދުމުން ދޫކޮށްފައި ނުވާތީ، އެ މަޢުލޫމާތު ހޯދައި ދިނުން އެދި.

 

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 17 ފެބުރުވަރީ 2020

މައްސަލަ ބަލައި ނިންމިގޮތް

މައްސަލާގައި ކަންހިނގާފައިވާ ގޮތްތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ނަޒަރުކޮށް ބެލި ހިނދު، އެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދަން ހުށަހަޅާފައިވާ މައުލޫމާތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 7 ވަނަ ބާބު ( އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތައް) އަށް ފެތޭ މައުލޫމާތަކަށް ނުވާތީ، އެ މިނިސްޓްރީގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް، އެ ފަރާތުން ހޯދުމަށް ހުށަހަޅާފައިވާ މައުލޫމާތު ދޫކުރަން ޖެހޭނެކަމަށް ނިންމުނެވެ. އަދި އެ މިނިސްޓްރީން އެއްވެސް ސަބަބެއް ބަޔާން ކުރުމަކާ ނުލައި އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ، އެކަން ތަހުގީގު ކުރުމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރުމަށް ވަނީ ނިންމިފައެވެ.