ދ.ހުޅުދެލި ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 10/2019
28 ޖަނަވަރީ 2020

މައްސަލަ ލިބުނު ތާރީޚް : 30 އޭޕްރީލް 2019

މައްސަލަ ހުށަހެޅި ފަރާތް : އާންމު ފަރާތަކުން

މައްސަލަ

ދ.ހުޅުދެލީގައި އަޅާފައިވާ ހުޅުދެލި ޕްރީ ސްކޫލް އެޅުމުގެ މަޝްރޫޢަށް ހުޅުދެލި ކައުންސިލްގެ ބަޖެޓުން ކޮށްފައިވާ ޚަރަދާއި ހުޅުދެލި ރައްޔިތުންގެ ނަމުގައި ފަންޑެއްވާނަމަ އެ ފަންޑަކުން ދ.ހުޅުދެލީ ޕްރީސްކޫލް އެޅުމަށް ޚަރަދު ކޮށްފައިވާނަމަ އޭގެ ތަފްޞީލާއި ދ.ހުޅުދެލި ޕްރީ ސްކޫލް އެޅުމަށް ބޭރުގެ އެއްވެސް ޖަމްއިއްޔާ އަކުން ނުވަތަ ބޭރުގެ ޤައުމަކުން އެހީތެރިކަމެއް ލިބިފައިވާނަމަ އޭގެ ތަފްޞީލާއި، ދިވެހިރާއްޖޭގެ އެއްވެސް ކުންފުންޏަކުން، ޖަމްއިއްޔާއަކުން ނުވަތަ އަމިއްލަ ފަރުދެއްގެ ފަރާތުން ދ.ހުޅުދެލި ޕްރީސްކޫލް އެޅުމަށް އެހީތެރިކަމެއް ލިބިފައިވާނަމަ އޭގެ ތަފްޞީލު ހޯއްދެވުމަށް ހުށަހެޅުމުން ލިބިފައި ނުވާތީ، މަޢުލޫމާތު ހޯދައި ދިނުމަށް އެދި

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 22 މެއި 2019

މައްސަލަ ބަލައި ނިންމިގޮތް:

މަޢުލޫމާތު ހޯދައި ލިބިގަތުގެ ޙައްޤުގެ ޤާނޫނުގެ 4 ވަނަ މާއްދާ ގެ (ހ) ގައިވާ ގޮތުމުގެ މަތިން ދ.ހުޅުދެލި ކައުންސިލްގެ އިދާރާއަށް އެންގުމުން، އެފަރާތަށް މަޢުލޫމާތު ފޯރުކޮށްދިން.