މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 08/2019
28 ޖަނަވަރީ 2020

މައްސަލަ ލިބުނު ތާރީޚް: 03 އެޕްރީލް 2019

މައްސަލަ ހުށަހެޅި ފަރާތް: އާންމު ފަރާތަކުން

މައްސަލަ:

ޖަލުގައި ތިބޭ ޤައިދިންނަށް ދެވޭ ޢާއިލީ ބައްދަލުވުމުގެ އުޞޫލު ހޯދުމަށް އެދި ހުށަހެޅުމުން ލިބިފައި ނުވާތީ، މަޢުލޫމާތު ހޯދައި ދިނުން އެދި.

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 19 މެއި 2019

މައްސަލަ ބަލައި ނިންމިގޮތް:

މަޢުލޫމާތު ހޯދައި ލިބިގަތުގެ ޙައްޤުގެ ޤާނޫނުގެ 4 ވަނަ މާއްދާ ގެ (ހ) ގައިވާ ގޮތުމުގެ މަތިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އެންގުމުން، އެފަރާތަށް މަޢުލޫމާތު ފޯރުކޮށްދިން.