ތިލަދުންމަތީ ދެކުނުބުރީ ނާވައިދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ނުލިބުމުން ހުށަހެޅި މައްސަލަ:

CASE NO: 07/2019
28 ޖަނަވަރީ 2020

މައްސަލަ ލިބުނު ތާރީޚް: 07 މާރިޗު 2019

މައްސަލަ ހުށަހެޅި ފަރާތް: އާންމު ފަރާތަކުން

މައްސަލަ:

ނާވައިދޫ ފިރިހެނުންގެ މިސްކިތުގެ މުދިމަކު، ނުވަތަ ވަގުތީ މުދިމުން ހޯދުމަށް އިއުލާނެއް ކުރައްވާފައިވާނަމަ އެ އިއުލާނުގެ ކޮޕީ އަކާއި 2018 ވަނަ އަހަރުގެ މެއި، ޖޫން، ޖުލައި މި 3 މަހު ފިރިހެނުންގެ މިސްކިތުގައި މަސައްކަތް ކުރި މީހުންނަށް ލިބިލައްވާފައިވާ މުސާރައާއި އުޖޫރައިގެ ތަފްސީލު ލިބިފައި ނުވާތީ، އެ މަޢުލޫމާތު ހޯދައި ދިނުން އެދި

މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް: 04 އޭޕްރީލް 2019

 

މައްސަލަ ބަލައި ނިންމިގޮތް:

މަޢުލޫމާތު ހޯދައި ލިބިގަތުގެ ޙައްޤުގެ ޤާނޫނުގެ 4 ވަނަ މާއްދާ ގެ (ހ) ގައިވާ ގޮތުމުގެ މަތިން ތިލަދުންމަތީ ދެކުނުބުރީ ނާވައިދޫ ކައުންސިލްގެ އިދާރާއަށް އެންގުމުން، އެފަރާތަށް މަޢުލޫމާތު ފޯރުކޮށްދިން.