ޖަލެއްގެ އިދާރާއިން މަޢުލޫމާތު ނުލިބިގެން ޢާންމު ފަރާތަކުން ހުށަހެޅި މައްސަލަ:

CASE NO: 02/2016
30 މާރިޗު 2016

މައްސަލަ ލިބުނު ތާރީޚް : 07 ޖެނުވަރީ 2016

މައްސަލަ ހުށަހެޅި ފަރާތް : ޢާންމު ފަރާތަކުން

މައްސަލަ:

ކުޑަކަމުދާ ތަކެތި މަސްދުވާ ތަކެއްޗަށް ޕޮޒިޓިވްތޯ ބަލަން ޓެސްޓްކުރާ ޔޫރިން ޓެސްޓް ކިޓް އާ ބެހޭ މަޢުލޫމާތު ތަކެއް ހޯދަން ހުށަހެޅުމުން ނުލިބޭކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާ.

މައްސަލަ ނިމި ފައިލް ކުރެވުނު ތާރީޚް: 07 ޖެނުވަރީ 2016

މައްސަލަ ބަލައި ނިންމިގޮތް:

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 56 ވަނަ މާއްދާ ގެ (ހ) ގައިވާ ގޮތުގެ މަތިން މަޢުލޫމާތަކަށް އެދި އެ އިދާރާގެ މުރާޖަޢާކޮމެޓީ އަށް ހުށަހަޅައި، ކަނޑައެޅިފައިވާ މުއްދަތުގެ  ތެރޭގައި ބޭނުންފުޅުވާ މަޢުލޫމާތު ލިބިވަޑައިނުގެންފި ނަމަ، އެނިންމުމެއް ނިންމަންޖެހޭ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ނުވަތަ އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ތިންވަނަ މަރުހަލާ ކަމުގައިވާ މި އޮފީހަށް ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވައި  މައްސަލަ  ހުށަހެޅި ފަރާތަށް ޖަވާބު އެރުވުނު.