މިނިސްޓްރީ އަކުންނާއި ދަޢުލަތުގެ އިދާރާއަކުން މަޢުލޫމާތު ނުލިބިގެން ޢާންމު ފަރާތަކުން ހުށަހެޅި މައްސަލަ:

CASE NO: 01/2016
30 މާރިޗު 2016

މައްސަލަ ލިބުނު ތާރީޚް : 15 އޮކްޓޯބަރު 2015

މައްސަލަ ހުށަހެޅި ފަރާތް : ޢާންމު ފަރާތަކުން

މައްސަލަ:

1- ކީ ސްޓޭޖު އެކެއްގެ އެންމެހައި ކަންކަމާއި ގުޅޭގޮތުން ކަރިކިއުލަމް ހެޑް ފޮނުވި ރިޕޯޓާއި، ގުޅުންހުރި ލިޔެކިޔުންތައް.

2- ކޭމްބްރިޖް ޕްރެސް އާއިއެކު ކީ ސްޓޭޖް އެކެއްގެ ފޮތްތައް ލިޔެ ޗާޕުކުރުމަށް ވިއެއްބަސްވުމާއި، ފުރަތަމަ ޗެޕްޓަރ ލިޔެގެންގެނައި ތާރީޚް އެނގޭނެ ލިޔުމާއި، ސްކޫލުތަކަށް ފޮތްތައް ފޯރުކޮށްދެވުނު ތާރީޚް.

3- ޕެކޭޖަކުން ފޮތްތަކަށް ބަދަލުވުމަށް ކަނޑައަޅާ ލިޔާ މީހުންނަށް އެންގި ތާރީޚް އެނގޭނެ ލިޔުމެއް ނުވަތަ ޔައުމިއްޔާ.

4- ދިވެހި، އިސްލާމް، ޤުރުއާން ފޮތްތައް ލޭއައުޓު ހެދުމަށް އިޢުލާން ކުރި ތާރީޚާއި، މީހަކު ލިބުމަށްފަހު މަސައްކަތް ފެށުނުކަން އެނގޭނެ ލިޔުންތައް.

5- ލޭއައުޓު އިސްލާހު ކުރަން ޖެހުމުގެ ސަބަބުން ފޮތްތައް ޗާޕް ކުރަން ޖެހުމުގެ ކުރިން ހިނގި ޙަރަދުގެ ތަފުޞީލު.

6- ސުކޫލުތަކަށް ފޯރުކޮށްދިނުމަށް ޗާޕުކުރި ފޮތްތައް މަދުވެގެން ދެވަނަ ފަހަރަށް ޗާޕުކުރުމަށް ކުރި ޚަރަދުތައް އެނގޭ ލިޔުމެއް.

7- ފޮތް ލިޔާނެ މާހައުލު ރަނގަޅު ކުރުމަށާއި ވަޞީލަތްތައް ހޯދުމަށާއި، މީހުން ހޯދުމަށް 2014 ވަނަ އަހަރު އެން.އައި.އީން ކޮށްފައިވާ މަސައްކަތުގެ ތަފުޞީލީ ލިޔުންތައް.

8- ވަޒީފާ އަދާކުރަމުންދިޔަ އޮފީހުން އެ މުވައްޒަފުންނާއި ބެހޭގޮތުން ހަދާފައިވާ ރިޕޯޓު ތަކެއް ހޯދުމަށް ހުށަހަޅައިފައިވާ ޝަކުވާ.

މައްސަލަ ނިމި ފައިލް ކުރެވުނު ތާރީޚް: 03 ޖަނަވަރީ 2016

މައްސަލަ ބަލައި ނިންމިގޮތް:

މަޢުލޫމާތު ހޯދައި ލިބިގަތުގެ ޙައްޤުގެ ޤާނޫނު ގައިވާ ގޮތުމުގެ މަތިން  އެ ދެ އިދާރާއަށް މިއޮފީހުން އަންގައިގެން އެލިޔެކިޔުންތައް އެފަރާތައް ހޯދައި ދެވުނު.