އަޙްމަދު އާޒިފް ވ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

CASE NO: ICOM-A/2021/13
19 މެއި 2021
މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 09 މާރިޗު 2021 މައްސަލަ ހުށަހެޅި ފަރާތް : އާޙްމަދު އާޒިފް މައްސަލަ: މިއީ، މައްސަލަ ހުށަހެޅި ފަރާތުން 11 ފެބުރުވަރީ 2021ގައި މައްސަލަ ރައްދުވާ އިދާރާއިން މަޢުލޫމާތު ހޯދުމަށް އެދުމުން، ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން 21 ދުވަސް ހަމަވިއިރު އެއްވެސް ޖަވާބެއް ދީފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މައްސަލަ ހުށަހެޅި ފަރާތުން ހޯދުމަށް އެދިފައިވަނީ، (1) ހިޔާ މަޝްރޫއުގެ ހުރިހާ ކެޓަގަރީތަކަށް ފްލެޓް ދިނުމާ ގުޅޭ ގޮތުން އެކުލަވާލެވިފައިވާ އެންމެހައި އުސޫލުތަކުގެ ކޮޕީ (2) ހިޔާ މަޝްރޫއުގެ ސިވިލް ސަރވިސް ކެޓަގަރީ ފިޔަވައި ދެންހުރި، ކެޓަގަރީތަކަށް ފްލެޓް ލިބިފައިވާ މީހަކު މަރުވެއްޖެނަމަ އެކަމުގައި އަމަލުކުރާ ގޮތް ނުވަތަ އަމަލުކޮށްފައިވާ ގޮތް އަންގައިދޭ ލިޔުން (3) އަޙްމަދު ޢާޒިފް (މައްސަލަ ހުށަހެޅި ފަރާތު)ގެ ބައްޕަ، ގއ.ގެމަނަފުށި، ކެތި، މުޙައްމަދު ޤާސިމްގެ ނަން، ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފޯމުތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު ނެރުއްވާ، އެ ކެޓަގަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް (އިދާރީ)ގައި ހިމަނާފައިނުވާ ސަބަބު އަންގައިދޭ ލިޔުން. މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 18 މާރިޗު 2021 މައްސަލަ ބަލައި ނިންމިގޮތް: ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނު) ގެ ދަށުން ހިފެހެއްޓޭނެ މަޢުލޫމާތެއް ނޫންކަމާއި ހޯދުމަށް އެދިފައިވާ މަޢުލޫމާތު މައްސަލަ ރައްދުވާ އިދާރާއިން ދޫކޮށްފައިވާކަމަށް ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ.