އާސިޔަތު މުޙައްމަދު ސަޢީދު ވ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

CASE NO: ICOM-A/2021/12
19 މެއި 2021
މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 23 ފެބުރުވަރީ 2021 މައްސަލަ ހުށަހެޅި ފަރާތް : އާސިޔަތު މުޙައްމަދު ސަޢީދު މައްސަލަ: މިއީ، މައްސަލަ ހުށަހެޅި ފަރާތުން 09 ޑިސެންބަރު 2020 ގައި މައްސަލަ ރައްދުވާ އިދާރާއިން މަޢުލޫމާތު ހޯދުމަށް އެދުމުން، ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން 21 ދުވަސް ހަމަވިއިރު އެއްވެސް ޖަވާބެއް ދީފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މައްސަލަ ހުށަހެޅި ފަރާތުން ހޯދުމަށް އެދިފައިވަނީ، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ ކަމުގައި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި 2020 އޮކްޓޫބަރު 24 ވަނަ ދުވަހުގެ ރޭ މިނިސްޓަރ ޝެއިޚު އިމްރާން ޢަބްދުﷲ ވިދާޅުވެފައިވާ ވާހަކަފުޅުގެ އިތުރު ތަފުސީލުގެ ގޮތުގައި (1) އެ މެޝިނުގެ ބާވަތް / ނަން (2) އެ ބާވަތުގެ މެޝިން ޖަލުގައި ބޭނުންކުރެވެން ނެތް ސަބަބު (3) އަޙްމަދު އަދީބު އެ މެޝިނު ބޭނުންކުރެއްވުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ސަބަބު (4) އަޙުމަދު އަދީބު ގޭބަންދުގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި އެ މުއްދަތު ހަމަވާ ތާރީޙު މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 01 މާރިޗު 2021 މައްސަލަ ބަލައި ނިންމިގޮތް: މި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނު) ގެ ދަށުން ހިފެހެއްޓޭނެ މަޢުލޫމާތެއް ނޫންކަމާއި ހޯދުމަށް އެދިފައިވާ މަޢުލޫމާތު މައްސަލަ ރައްދުވާ އިދާރާއިން ދޫކޮށްފައިވާކަމަށް ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ.