އާސިޔަތު މުޙައްމަދު ސަޢީދު ވ. މިނިސްޓްރީ އޮފް ހޯމް އެފެއާޒް

CASE NO: ICOM-A/2021/11
19 މެއި 2021
މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް : 22 ފެބުރުވަރީ 2021 މައްސަލަ ހުށަހެޅި ފަރާތް : އާސިޔަތު މުޙައްމަދު ސަޢީދު މައްސަލަ: މިއީ، މައްސަލަ ހުށަހެޅި ފަރާތުން 09 ޑިސެންބަރު 2020 ގައި މައްސަލަ ރައްދުވާ އިދާރާއިން މަޢުލޫމާތު ހޯދުމަށް އެދުމުން، ޤާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ފުރަތަމަ މަރުޙަލާގައި އިންފޮމޭޝަން އޮފިސަރު ދިން ޖަވާބާމެދު ހިތްހަމަނުޖެހިގެން މުރާޖާ ކުރުމުން ވެސް ލިބިފައިވާ ޖަވާބާމެދު ހިތްހަމަނުޖެހޭތީ ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައި ވަނީ ޤާނޫނު ނަންބަރު:2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 41 ވަނަ މާއްދާގެ (ހ) ގައިވާ އިޖުރާތުތައް ފުރިހަމަކުރުމަށް ފަހުގައެވެ. މައްސަލަ ނިމި ފައިލު ކުރެވުނު ތާރީޚް : 01 މާރިޗު 2021 މައްސަލަ ބަލައި ނިންމިގޮތް: މައްސަލަ ރައްދުވާ އިދާރާއިން މަޢުލޫމާތު ދޫނުކޮށް ހިފެހެއްޓުމަށް ނިންމި ނިންމުން ރަނގަޅު ނޫންކަމަށާއި އެހެން ނަމަވެސް ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ މައްސަލަ ހުށަހެޅި ފަރާތަށް މިހާރު ލިބިފައިވާ މަޢުލޫމާތެއްކަމުގައި ކަނޑައަޅައި މި މައްސަލަ ވަނީ ނިންމާފައެވެ.